ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ތެރެއިން | ފޮޓޯ : ރާއްޖެ އެމްވީ

ރައްޔިތުންގެ ސަލާމަތަށް އިސްކަންދީ ޖޭޕީގެ 'ދީނާއި ޤައުމުގެ ދިފާޢުގައި' ޖަލްސާ ފަސްކޮށްފި

ސިޔާސީ ފައިދާއަކަށްވުރެ ބޮޑަށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން ޖުމްހޫރީ ޕާޓީ އިން އަލިމަސް ކާނިވަލުގައި ބޭއްވުމަށް ހަމަޖެހިފައިއޮތް 'ދީނާއި ޤައުމުގެ ދިފާޢުގައި' ޖްލްސާ ފަސްކޮށްފިއެވެ.

ޖުމްހޫރީ ޕާޓީ އިން ވިދާޅުވީ، މިދުވަސްވަރު މުޅި ދުނިޔެއަށް ކުރިމަތިވެގެން އުޅޭ ކޮރޯނާ ވައިރަސް (ކޮވިޑް 19) ގެ އަސަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރިން އެމީހުންގެ ޤައުމަށް އެނބުރިދިޔަ ފަހުން ފެނިފައިވުމުން، އެވައިރަސްގެ ނުރައްކާތެރިކަން ދިވެހިރާއްޖެއަށާއި ދިވެހީންނަށް ވެސް ފޯރަފާނެކަމުގެ ބިރުވެރިކަން އިންތިހާޔަށް ބޮޑުވެފައިވާކަމަށެވެ.

މިދަނޑިވަޅުގައި ގިނަބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ އޭގެ ޒާތުގައި އެހާ ރައްކާތެރި ކަމެއްކަމުގައި އެޕާޓީން ނުދެކޭތީ، މިފަދަ ޙާލަތްތަކުގައި އެފަދަ އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާއަކަށްވުރެ ބޮޑަށް ދިވެހިރައްޔިތުންގެ ދުޅަހެޔޮކަމާ ރައްކާތެރިކަމާ، ސަލާމަތަށް އިސްކަންދިނުން އެއީ ކޮންމެ ފަރުދެއްގެ ވެސް އެންމެ އިސް ޒިންމާކަށް ހަދަންޖެހިފައިވާ ކަމަށެވެ.

އެހެން ކަމުން މިދަނޑިވަޅުގައި، 'ދީނާ ޤައުމުގެ ދިފާއުގައި' މިނަމުގައި، މި މަހުގެ 13 ވާ ހުކުރު ދުވަހު އަލިމަސް ކާނިވާ ސަރަހައްދުގައި އެޕާޓިން ބާއްވަން ރާވާފައިވާ އާންމު ޖަލްސާ، ވަކި މުއްދަތެއްނެތްގޮތަށް ފަސްކުރުމުމަށް ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ނިންމަވާފައިވާކަމަށް ޖޭޕީ އިން ވަނީ ވިދާޅުވެފައެވެ.

ޖޭޕީ އިން އިތުރަށް ވިދާޅުވެފައިވަނީ ޤައުމުގެ ޙާލަތު މިއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުން 'ދީނާއި ޤައުމުގެ ދިފާއުގައި' ޖަލްސާ ބާއްވާނެ ވަކީ ތާރީޚެއް އާންމުކޮށް އިޢުލާނު ކުރެވޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ