އިންތިޚާބު ފަސްކުރުމުގެ އަމުރަކަށް އީސީއިން ސްުޕްރީމް ކޯޓުގައި އެދިއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުގެ އަމުރަކަށް، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

މިމަހުގެ 15 ވަނަ ދުވަހު އީސީއިން ހައިކޯޓަށް ވެއްދި މައްސަލަ އަނބުރާ ގެނެސްފައިވާކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ މިއަދު ހެނދުނު ހައިކޯޓުންނެވެ. ނަމަވެސް އެކަމުގެ ތަފްސީލު އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވީ، އެ ކޮމިޝަނުން ހައިކޯޓަށް ހުށަހެޅި އިންތިޚާބު މައްސަލަ ހައިކޯޓުން ނަގައި އެ މައްސަލަ އިއްޔެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"އީސީ އިން ހައިކޯޓަށް ހުށަހެޅި އިންތިޚާބީ މައްސަލަ ހައިކޯޓުން ނަގައި އެ މައްސަލަ އިއްޔެ ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައި." އީސީއިން ވިދާޅުވިއެވެ.

އީސީއިން މި މައްސަލަ ސުޕްރީމް ކޯޓަށް ވައްދާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީ، އިންތިޚާބު ފަސްކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް ކަމަށާއި، އެއީ ސްޕްރީމް ކޯޓަށް އޮންނަ ބާރެއް ނޫން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ