ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހުޅުމާލޭ މަގުތައްވެސް ކުލޮރިން އިން ދޮވެލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މާލެސިޓީ ކައުންސިލްއާއި ގުޅިގެން ހުޅުމާލެގެ މަގުތައް ޑިސްއިންފެލްޓް ކުރުމުގެ މަސައްކަތް ފަށައިފާ ވާކަމަށެވެ.
ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ( ކޯވިޑް-19 ) އިން ރައްކާތެރިވުމުގެ ގޮތުން މީގެ ކުރިން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އާއި މާލެސިޓީ ކައުންސިލްއާއި ގުޅިގެން މާލެސިޓީގެ މަގުތައްވެސް ކުލޮރިން އަޅައިގެން ވަނީ ދޮވެލާފައެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލާއި ފެނަކަ ފުވައްމުލަކު ބްރާންޗް ގުޅިގެން ފުވައްމުލަކުގެ މަގުތަކާއި، ބަނދަރު އަދި ޕާރކް ތަކާއި މައިޒާންތައް ޑިސްއިނފެކްޓް ކުރުމުގެ މަސައްކަތް ވަނީ އިއްޔެ ކޮށްފައެވެ.
ރާއްޖޭގައި ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ކޯވިޑް-19 އިން ރައްކާތެރިވުމަށް ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ވަނީ ބާރުއަޅާފައެވެ. އަދި އާންމުން އެއްވެ އުޅުން މަދުކުރުމަށް ޕާކްތަކާއި މައިޒާންތައް ބަންދުކޮށް ކެފޭ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދުކޮށްފައެވެ.




