ފުލުހުން ބަންގްލަދޭޝް މީހަކު ހޯދަނީ

ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ  ވައްކަމުގެ މައްސަލައަކާ ގުޅިގެން މަތީގައިވާ ފޮޓޯއިން ފެންނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ތަޙުޤީޤުގައި މިހާތަނަށް ކުރި މަސައްކަތުން އެނގިފައިވާ ގޮތުގައި، ފޮޓޯއިން ފެންނަ މީހާއަކީ ބަންގުލަދޭޝްއަށް ނިސްބަތްވާ، ހަބީބު ނަމަކަށް ކިޔާ މީހެކެވެ.

ވީމާ  އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9980062 އަށް ގުޅުއްވައި މައުލޫމާތު ޙިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ