ފުލުސް ލޯގޯ - ފޮޓޯ: ފުލުސް

ފޯނެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް  ”އެމްއައި” ބްރޭންޑުގެ މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިފޯނަކީ 2020 މާރިޗް 18 ވަނަ ދުވަހުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު ރަސްފަންނު ކައިރިން ހޮވައިގެން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަަން ޑިޕާޓްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޯނެއްކަމަށެވެ.

މިފޯނުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 452454 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފޯނާ ހަވާލުވެލެއްވުން ފުލުހުންވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ