އެއްވެސް ސިފައެއްގައި އެއްވެ ނުއުޅުމަށް ގާނޫނުން ބާރު އަޅާ : ފުލުހުން

ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުނަނުދިނުދިނުމަށް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް
ސިފައެއްގައި އެއްވެ ނުއުޅުމަށް ޤާނޫނުން ބާރު އަޅާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިނިސްޓަރ އޮފް ހެލްތު އިޢުލާން ކުރެއްވުމާ ގުޅިގެން، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ހައްޤުތަކާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް
ސިފައެއްގައި އެއްވެ ނުއުޅުމަށް ބާރު އަޅާ ކަމަށެވެ.

"ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު؛ ޤާނޫނު ނަމްބަރު 1/2013 ގެ 33 ވަނަ މާއްދާގެ
(ހ) ގެ 4 ވަނަ ނަމްބަރާއި އެ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން، ޢާއްމު ސިއްޙަތު ރައްކާތެރިކޮށް
ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުނަނުދިނުދިނުމަށް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް
ސިފައެއްގައި އެއްވެ ނުއުޅުމަށް ޤާނޫނުން ބާރު އަޅާ" ފުލުހުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ގައިދުރުކުރުމަކީ މި ދަނޑިވަޅުގައި ނުހަނު މުހިއްމު ކަމެއްކަމުގައިވެސް ފުލުހުން ހަނދުމަފުޅުކޮށް އަރުވައެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާން ނިންމާލަމުން ވިދާޅުވެފައިވަނީ "އާއްމު ސިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާންކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި އެންމެންގެ ސަލާމަތާއި ރައްކަލަށްޓަކައި، ހުރިހާ ބޭފުޅުންވެސް ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާ އެއްގޮތަށް ޢަމަލުކުރައްވާ ޤާނޫނީ ތަރަހައިގެ ތެރެއިން ޢަމަލުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރަމެވެ."

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ