ފުލުސް ލޯގޯ - ފޮޓޯ: ފުލުސް

ޗައިނާ އަންހެނެއްގެ ދަބަސް ފޭރެން އުޅުނު މީހަކު ޙައްޔަރުކޮށްފި

ޗައިނާ އަންހެނެއް އަތުން ދަބަސް އަތުލަން އުޅުނު މީހަކު ޙައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުން ހުޅުމާލެ ޕެޓްރޯލްކުރަމުން ދަނިކޮށް ސްޕައިސް ކެފޭ ކައިރިން ޗައިނާ އަންހެނެއްގެ ދަބަސް ފޭރެން އުޅުނު މީހަކު ޙައްޔަރުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ފޭރެން މަސައްކަތްކުރި މީހާއަށް ޗައިނާ އަންހެންމީހާ އަތުން ދަބަސް އަތުލެވިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި ޙައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށެވެ. އަދި ފޭރެން އުޅުމުގެ ތެރޭގައި ޗައިނާ އަންހެން މީހާގެ ކަކުލާއި ކަނާތު އުޅޮބޮށި މަށައިގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެއަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދީފައިވާއިރު ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މިހާދިސާ ހިނގާފައިވަނީ 31 މާރޗް 2020 ދުވަހުގެ ރޭ 22:55 ހާއިރުކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ