ވަޅިން ހަމަލާދީ ފުރާންސްގައި 2 މީހުން މަރާލައިފި

ކޮވިޑް-19ގެ ސަބަބުން ލޮކްޑައުންގައި އޮތް ފުރާންސުގެ ފިހާރަ ތަކެއްގައި ވަޅިން ހަމަލާދީ ދެމީހުން މަރާލައި ހަތަރުމީހުން ޒަހަމްކޮށްލައިފިއެވެ.

ފުރާންސުގެ މީޑިއާއިން މައުލޫމާތު ދޭގޮތުގައި ވަޅިން ހަމަލާދީފައިވަނީ ދުންފަތުގެ ތަކެތި ވިއްކާ ފިހާރައެއްގަޔާއި އަދި މަހުގެ ބާވަތްތައް ވިއްކާ ފިހާރައެއްގައެވެ.

މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ފުރާންސުގެ މީޑިއާއިން ބުނެފައިވަނީ، ވަޅިން ހަމަލާދިން މީހާ އެންމެ ފުރަތަމަ ހަމަލާދީފައިވަނީ ދުންފަތް ވިއްކާ ފިހާރައަށް ވަދެއެވެ. މިގޮތުން އެފިހާރައިގެ ސޭޓަށާއި އަދި ކަސްޓަމަރަކަށް ހަމަލާދިނުމަށްފަހު ދެން މިމީހާ ވަދެފައިވަނީ އެސަރަހައްދުގައި ހުރި މަސްވިއްކާ ފިހާރައަކަށެވެ. މިފިހާރައިގެ ތެރެއިންވެސް ގިނަބަޔަކަށް ވަޅިން ހަމަލާދީފައި ވެއެވެ.

ފުރާންސުގެ ފުލުހުންވަނީ މި ހަމަލާގެ ތުހުމަތުގައި މީހަކު މިހާރު ހައްޔަރުކޮށްފައެވެ. ނަމަވެސް މި ހަމަލާދިން މަގުސަދު އަދި ސާފުވެފައި ނުވާކަމަށް ފުރާންސުގެ ފުލުހުން ވިދާޅުވެއެވެ.

ފުރާންސުގެ މީޑިއާތަކުން ބުނެފައިވަނީ މި ހަމަލާގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 33 އަހަރުގެ ސޫދާނަށް އުފަން މީހެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ