ހެލްތު މިނިސްޓަރު އަބްދުﷲ އަމީން - ފޮޓޯ: މަޖިލިސް

ކޮވިޑް-19: ބޯމަތީ އޮތް ބޯ ވިލާގަނޑު ކުޑަވެގެން ނުދޭ - ހެލްތް މިނިސްޓަރ

ކޮވިޑް-19 އާއި ގުޅިގެން އަޅުގަނޑުމެންގެ ބޯމަތީ އޮތް ބޯ ވިލާގަނޑު ކުޑަވެގެން ނުދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން ކޮވިޑް-19 ޓެސްޓް ކިޓްތައް ދިވެހިރާއްޖެއަށް ހަދިޔާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އަޅުގަނޑުމެންގެ ބޯމަތީ މިއޮތް ބޯ ވިލާގަނޑު ކުޑަވެގެން ނުދާކަމަށާއި އަދި އެ ވިލާގަނޑު އެއްވެސް ފަރާތަކަށް ސޮއްސާލައިގެންވެސް ނުދާކަމަށެވެ.

"އެ ވިލާގަނޑުގެ ނާމާން ކަމާއި ބިރުވެރިކަން ހަމަ އަޅުގަނޑުމެންގެ ބޯމަތީގައި އޮތްވަރަށް އެބައޮތް، އެ ވިލާގަނޑު ކޮޅިގަނޑަކަށް ބަދަލުވާނީ ނުވަތަ ތޫފާނަކަށް ބަދަލުވާނީ ކޮން އިރެއްގައި ކަމެއް ނޭނގޭ ހާލަތުގައި އަޅުގަނޑުމެން މިތިބީ" ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތް މިނިސްޓަރ ވިދާޅުވީ ވަރަށްގިނަ ގައުމުތަކަސް އެތޫފާން އައިސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ގައުމުތަކުގެ މުޅި ނިޒާމުތައް ފުނޑުފުނޑުވެގެން ދާކަމަށެވެ. އެހެންވީމައި އަދި ރާއްޖެ މިކަމުން ސަލާމަތް ވީކަމަށް ނުބަލައި ހެލްތް މިނިސްޓްރީން ދޭ އިރުޝާދުތަށް އަޑު އަހައި އަމަލު ކުރަމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.

ކާރފިއުގެ ވަގުތުގައި ގޭގައި މަޑު ކުރުމަށްފަހު ރޭގަނޑު 8 ގެ ފަހުން ބޭރުތެރެއިން ގިނަ އަދަދެއްގެ މީހުގުން ފެނިގެން ދިއުމަކީ އެހާ ރަނގަޅު މަންޒަރެއް ނޫންކަމަށާއި ހެލްތް މިނިސްޓްރީގެ އިރުޝާދާއި އެއްގޮތައް ކަންކަން ކޮށް ހަގީގީ މާނައިގައި ގޭގައި ތިބޭތިބުން 8 ގެ ފަހުން ފެންނަ މަންޒަރުތަކުން ކަށަވަރުކޮށްނުދޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުދިއުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި ބޭރުތެރޭގައި އުޅޭ އުޅުމުގައި ސޯޝަލް ޑިސްޓެންސް ގެންގުޅުމަކީ ކޮވިޑް-19 އިން ސަލާމަތްވުމަށް އެޅޭނެ ފިޔަވަޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ