މޯލްޑިވިންގެ ޕީއާރް އަދި ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް - ފޮޓޯ: އަވަސް

ދިވެހިން ގެންނަން ކުރާ ދަތުރުތަކަކީ ފައިދާގައި ކުރާ ދަތުރުތަކެއްނޫން: މޯލްޑިވިއަން

ގައުމުތަކުގައި ތާށިވެފައިވާ ދިވެހިން ރާއްޖެ ގެނައުމަށް ކުރާ ދަތުރުތަކަކީ ފައިދާގައި ކުރާ ދަތުރުތަކެއްނޫންކަމަށް މޯލްޑިވިއަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވިންގެ ޕީއާރް އަދި ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ދިވެހިން ގެންނަން މޯލްޑީވިއަންއިން ކުރާ ދަތުރުތަކަކީ ފައިދާނުލައި ކުރާ ދަތުރުތަކެއްކަމަށާއި، އެދަތުރުތަކަކީ ހަމަ އަގުގައި ކުރަމުންދާ ދަތުރުތަކެއް ކަމަށެވެ.

ދިވެހިން ގެނައުމަށް މޯލްޑީވިއަނުން ކުރާ ދަތުރުތަކުގެ އަގުތަކަކަކީ މީގެކުރިން ދެކޮޅު ޓިކެޓް ލިބުނު އަގަށްވުރެ ބޮޑު އަގެއްކަން ފާހަގަކޮށް ގިނަ ބަޔަކުދަނީ އެކަމާއި ދެކޮޅަށް ވާހަކައްދައްކަމުންނެވެ. އެހެންނަމަވެސް މޫސާ ވަސީމް ވިދާޅުވީ، އެދަތުރުތަކަށް ކުރަންޖެހޭ ހުރިހާ ހަރަދަކަށް ބަލާލުމުން އެއީ ފައިދާގައި ކުރާ ދަތުރުތަކެއް ނޫންކަން އެނގޭނެކަމަށެވެ.

މޯލްޑިވިއަނުން ލަންކާގައި ތިބި 100 ދިވެހިން ގެނެސްފައިވަނީ 300 ޑޮލަރަށް ޓިކެޓެއް ވިއްކައިގެންނެވެ. އަދި އިންޑިއާގައި ތިބި 200 ދިވެހިން ގެންނަށް 265 ޑޮލަރަށް ޓިކެޓް ވިއްކާފައިވާއިރު، މެލޭޝިއާއިން 200 މީހުން ގެނައުމަށް ޓިކެޓް ވިއްކާފައިވަނީ ޓިކެޓެއް 330 ޑޮލަރަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ