ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީންއާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީ ގައި ލިޔެފައިވަނީ ދޮގު ޚަބަރެއް: އިދިކޮޅު

ކުރީގެ ރައީސް ޔާމީންއާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީ ގައި ލިޔެފައިވަނީ ދޮގު ޚަބަރެއްލަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އެކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، 06 އޭޕްރީލް 2020 ވީ ހޯމަ ދުވަހު ރާއްޖެ ޓީވީ ގެ ފަރާތުން ހިންގާ ރާއްޖެ.އެމްވީ ވެބްސައިޓުގައި ރައީސް ޔާމީންގެ ދައްތާފުޅުގެ މޫނު ބެއްލެވުމަށް ރައީސް ޔާމީން ވަޑައި ނުގެންނެވި ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކީ ކަމުގެ ޙަޤީޤަތް އޮޅުވާލުމުގެ މަޤްޞަދުގައި ލިޔެފައިވާ ދޮގު ޚަބަރެއްކަމަށާއި، އެކަން އެކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޢާއިލާ ގެ މެންބަރަކު އަވަހާރަވެ، އެކަމުގެ ހިތާމާއިގައި ޢާއިލާ ތިއްބެވި ވަގުތެއްގައި، ބައެއްގެ ސިޔާސީ މުހުތާދެއް ފުއްދުމުގެ ބޭނުމުގައި، މިފަދަ ހަޑިމުޑުދާރު ކަންކަން ކޮށް، އެމަނިކުފާނުގެ އަބުރުފުޅަށް އަރައިގަނެ، އެމަނިކުފާނުގެ ޢާއިލާއަށް އިތުރު އަނިޔާ ދިނުމަކީ މިކޯލިޝަނުން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، ރައީސް ޔާމީންގެ އަގު ވައްޓާލުމުގެ ގޮތުން ބައެއް މީޑިއާތަކުން ކުރަމުން ގެންދާ މިފަދަ ނާތަހުޒީބު ޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާކަމަށް އެކޯލިޝަންގެ މިބަޔާނުގައިވެއެވެ.

ރައީސް ޔާމީން އާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީ ގައި އެ ދޮގު ޚަބަރު ލިޔެފައިވާ ފަރާތުންނާއި ރާއްޖެ.އެމްވީގެ ފަރާތުން އެމަނިކުފާނާއި ޢާއިލާގެ ކިބައިން މަޢާފަށް އެދުމަށްވެސް ގޮވާލާފައިވާއިރު، ހަމައެއާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގެ ކޮމިޝަންގެ ފަރާތުން މި މައްސަލަ ވަގުތުން ވަގުތަށް ބައްލަވާ، ފިޔަވަޅު އެޅުއްވުމަށްވެސް އިދިކޮޅުންވަނީ ގޮވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ