ސޯލްޝެއާ އަދި ޑެހެއާ - ފޮޓޯ: ފޮކްސް ސްޕޯޓްސް

އީޕީއެލް – ޗެމްޕިއަންސް ލީގަށްކުރާ އުންމީދު ފަނޑުވިނަމަވެސް ސޯލްޝޭއާ ދިފާޢުކުރީ ޑެހެއާ

ރޭ ޗެލްސީއާއި ބައްދަލުކުރި މެޗުން އެއްވަރުވެ ޗެމްޕިއަންސް ލީގަށް ޔުނައިޓެޑުންކުރާ ފަނޑުވިނަމަވެސް ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ދިފާޢުކޮށް ކޯޗް ސޯލްޝެއާ ވާހަކަދައްކައިފިއެވެ.

1-1 ގެ ނަތީޖާއަކުން އެއްވަރުވި މިމެޗުގައި ޗެލްސީއިން ނަތީޖާ ހަމަހަމަކުރި ލަނޑުޖެހީ ޑެހެއާއަށް ހެދުނު ބޮޑު ގޯހަކުންނެވެ. ޗެލްސީގެ ރުޑީގާ 30 ޔާޑު ދުރުން ފޮނުވާލި ހަމަލާ ހިފަން އުޅުމުގެ ތެރޭގައި އަތުންދޫވި ބޯޅަ ގޯލު ތެރެއަށް ފޮނުވާލީ ޗެލްސީގެ އަލޮންސޯއެވެ. އެއާއެކު 31 ވަނަ އުފަންދުވަހުގައި މާޓާ ޖެހި ލަނޑު ކެންސަލްވެގެންދިޔައެވެ.

މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ޗެލްސީގެ އިގުއައިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޑެހެއާ ދިފާޢުކުރި ނަމަވެސް މީހުންގެ ލޮލުގައި އަޅައިގަތީ ޑެހެއާއަށް ހެދުނު ގޯހެވެ. ޑެހެއާއަށް ހެދޭ ގޯސްތަކާ ބެހޭގޮތުން ގިނަބަޔަކު ވާހަކަ ދައްކަމުންދާއިރު ހަފްތާ މެދުތެރޭގައި ސިޓީއަތުން ބަލިވި މެޗުގައިވެސް ޑެހެއާއަށް ހެދުނު ގޯސްތަކަކުން ސިޓީވަނީ ލަނޑުޖަހާފައެވެ. މިމަހުގެ ކުރީކޮޅު ބާސާއިންވެސްވަނީ ޔުނައިޓެޑް ކޮޅަށް ޑެހެއާއަށް ގޯހެއްގެ ފައިދާ ނަގާ ލަނޑުޖަހާފައެވެ.

ތާވަލުގެ ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު މިހާރު ޔުނައިޓެޑް އަތަކުނެތެވެ. ޑެހެއާ އެމަޤާމުގައި އެހުރީ ސަބަބެއްނެތި ނޫންކަމަށާއި މިދިޔަ ދުވަސްތަކުގައި މިއަށްވުރެ ރަނގަޅަށް ކަންތައް ކުރެވުނީސްކަން ޑެހެއާއަށް އިޙްސާސްވާނެކަމަށް ޑެހެއާ ދިފާޢުކޮށް ވާހަކަ ދައްކަމުން ސޯލްޝެއާ ބުނެފައިވެއެވެ.

ޗެލްސީ އެއްވަރު ކުރި ލަނޑު ޖަހަނީ - ފޮޓޯ: ޓޯކްސްޕޯޓް

ޑެހެއާއަކީ މޮޅުކުޅުންތެރިއެއްކަމަށާއި އެކަމާ އޭނާ ނުވިސްނާކަމަށް ސޯލްޝެއާ ބުނެފައިވާއިރު ޑެހެއާ މޮޅަށް ކުޅުނު އިރުވެސް އެއްމޭޒެއްގައި އިށީންދެ ވާހަކަ ދެއްކިންކަމަށާއި މިފަހަރުވެސް ޑެހެއާއާއި ވާހަކަ ދައްކާނެކަމަށް ސޯލްޝެއާ ބުންޏެވެ.

އަދި ތާވަލުގެ ހަވަނާގައި ޔުނައިޓެޑް މިއަދު އޮތީ ޑެހެއާގެ ސަބަބުން ނޫންކަމަށް ސޯލްޝެއާ ބުންޏެވެ.

މިކަމުގައި ޑެހެއާ ކުށްވެރިކޮށް ޑެހެއާއަށް އިނގިލި ދިއްކުރާނެ އެއްވެސް ސަބަބެއް ނެތްކަމަށާއި ޑެހެއާ އެތަށް ފަހަރަކު ޔުނައިޓެޑް ސަލާމަތްކޮށްފައިވާ ކަމަށްވެސް ސޯލްޝެއާ ބުންޏެވެ.

65 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ހަވަނާގައެވެ. ފަސްވަނާގައި އާސެނަލް 66 ޕޮއިންޓާއެކު އޮތްއިރު، ޗެލްސީއަށް ހަތަރުވަނަ ލިބެނީ 68 ޕޮއިންޓާއެކުގައެވެ. ލީގުގައި ބާކީ އޮތީ އެންމެ ދެމެޗެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ