ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، 2020 އެޕްރީލް 7 ވަނަ ދުވަހުގެ ރޭ 22:43 ހާއިރު ބޮޑުފުންގަނޑު މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލައެއް އެ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

"މި މާރާމާރީ ހިނގާފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ ފިރިހެނުންގެ ދެމެދުގައި އުފެދުނު މައްސަލައެއްގައި އަދި އެތަނުން އކަކު ވަނީ އަނެއް މީހާގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީފައި،" ފުލުހުން ވިދާޅުވިއެވެެ.

އަނިޔާ ލިބުނު ފަރާތް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް އެމީހާގެ ހާލު ސީރިއަސް ނޫންކަމަށް ފުުލުހުން ވިދާޅުވިއެވެ.

"މި މައްސަލައާއި ގުޅިގެން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ވަނީ ފުލުހުންގެ ބެލެމުގެ ދަށަށް ގެނެސްފައި. އަނިޔާ ލިބިފައިވަނީ 40 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ