އާއިލާއަށް ފޮރުވައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅުނު ދެ ކުދިން ދިވެހި ފުލުހުން ހޯދައިފިއެވެ.
މިގޮތުން ފުލުހުން މި ދެކުދިން ހޯދާފައިވަނީ ރޭ ދަންވަރު 2:55 ގައި ހިނގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި ދެކުދިން ފޮރުވައިގެން ގެންގުޅޭ ކަމަށް ޝައްކުކުރެވޭ ގެ ބަލައި ފާސްކޮށް ފުލުހުންވަނީ އެގެއިން 29 އަހަރުގެ ފިރެހެނަކު ހައްޔަރު ކޮށްފައެވެ.
ދެކުދިން ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްފައިވަނީ ފެމެލީ އެންޑް ޗިލްޑްރަން ސާވިސަސްއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.
މިވަގުތު މި ދެކުދިން ތިބީ ފެމެލީ އެންޑް ޗިލްޑްރެން ސާވިސަސްގެ ބެލުމުގެ ދަށުގައެވެ. މިމައްސަލަޔާ ބެހޭ މާގިނަ މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



