ޗައިނާއިން ދޭ ލޯނެއްގައި ހިފާނީ މަސްތުވެފައި ތިބި ބަޔަކު - ތަންޒޭނިއާގެ ރައީސް

ތަންޒޭނިއާގެ ކުރީގެ ރައީސް ޗަކާޔާގެ ސަރުކާރަށް ޗައިނާ ސަރުކާރުން އޭރު ދިން 10 ބިލިއަން ޑޮލަރުގެ ލޯން އެއްބަސްވުން ތަންޒޭނިއާގެ މިހާރުގެ ރައީސް ޖޯން މަގުފިލީ ބާތިލް ކުރައްވައިފިއެވެ.

ތަންޒޭނިއާގެ ކުރީގެ ސަރުކާރަށް ޗަައިނާ އިން މި ލޯނު ދިނީ އެގައުމުގެ މެބެގަނީ ކްރީކްގައި ޕޯޓެއް ގާއިމު ކުރާށެވެ. ނަމަވެސް މި އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެޤައުމުގެ މިހާރުގެ ރައީސް ޖޯން މަގުފިލީ ވިދާޅުވީ ޗައިނާ އިން ދޭ ލޯން ގެ ޝަރުތު ތަކަށް އެއްބަސް ވާނީ މަސްތުގެ ހާލަތުގައި ތިބި ބައެއް ކަމަށެވެ.

މި ލޯން އެއްބަސްވުމުގައިވާ ގޮތުން ޗައިނާ އިން ވަނީ ޕޯޓް އެޅުމަށް ކޮންމެ ބަޔަކު އިންވެސްޓް ކުރިކަމުގައި ވިޔަސް ތަންޒޭނިޔާގެ ސަރުކާރުން ދެކޮޅުވެރިކަމުގެ އެއްވެސް ކަމެއް ނުދެއްކުމަށް ޑިމާންޑް ނުވަތަ ޝަރުތު ކޮށްފައެވެ.

ތަންޒޭނިޔާގެ ވެރިކަން ބަދަލުވުމާއެކު އެގައުމުގެ ރައްޔިތުންނާއި އަދި ބައެއް އެފްރިކާ ގައުމުތަކުން ވަނީ މިއީ އެގައުމަށް އަބުރާ ނުދޭކޭނެ ލޯނެއް ކަމަށާއި ލޯން އެއްބަސްވުން ބާތިލް ކޮށްލުމަށް މިހާރުގެ ރައީސް އަށް މީގެ ކުރިން ދަންނަވާފައެވެ.

ޗައިނާ އަކީ އެފްރިކާގެ ބައެއް ފަގީރު ގައުމުތަކަށް ބޮޑެތި އަދަދުން ލޯނު ދިނުމަށް ފަހު ދަރަނި ދަންތުރައިގައި އެގައުމުތަށް ޖައްސާ ކަމަށް ތުހުމަތު ކުރެވޭ ގައުމެކެވެ.

ޗައިނާގެ މިފަދަ ބޮޑެތި ލޯނުތަކުން ނުކުތް އެއް ނަތީޖާގެ އެއް މިސާލަކީ އަވައްޓެރި ސްރީލަންކާގެ ހަންބަންތޯޓާ ޕޯޓެވެ. މި ޕޯޓަކީ ޗައިނާގެ ބޮޑު މާސިންގާ ލޯނު މަޝްރޫއެކެވެ. ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ބޮޑުވެ،ދަރަނި ނުދެއްކިގެން ސްރީލަންކާގެ ދެކުނުގައި ޗައިނާއިން ޤާއިމްކުރި ހަންބަންތޯޓާ ޕޯޓް ޖެހުނީ ޗައިނާއަށް 99 އަހަރަށް ކުއްޔަށް ދޭށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

3 Responses

  1. dddd

    mi gaumuge bayakuves thihen kiyaa ulhunu. mihaaru aadheys kuranee. ehee eh vaane ehen bayaku nuvi.

  2. ހާރޫނު

    ކޮބާތަމައްސަލަޔަކީ؟

  3. އަަލީ މުހަމަދު

    ޔާމިނަށް ތާއިދު ކުރާ މެމްބަރުންގެ ވިސްނުން ތަންޒޭނިއާގެ ރާއިސް އާއި

    1
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ