.ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަޅުކުލައިގެ ތިޖޫރީއެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ
ފުލުހުން ވިދާޅުވި މި ތިޖޫރީއަކީ އޭޕްރީލް 15 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލެ ފެރީ ޓާރމިނަލްތެރޭ ވެރިއަކުނެތި ހުއްޓާ އާންމު ފަރާތަކަށް ފެނިގެން ފުލުހުންން .ހަވާލުކޮށްފައިވާ ތިޖޫރީއެއް ކަމަށެވެ
ތިޖޫރީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 454657 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ތިޖޫރީއާ ހަވާލުވުމަށް ފުލުހުންވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.




