ހުއްދަ ނެތި ހދ. ކުރިނބީ އިން ހދ. ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދިޔަ ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައިވަނިކޮށް ހުއްދަ ނުހޯދައި ހދ. ކުރިނބީ އިން ހދ. ކުޅުދުއްފުއްޓަށް ކެނޯއެއްގައި އައި2 މީހަކު ރޭ 23:30 އެހާކަށް ހާއިރު ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދުން ހައްޔަރުކޮށްފައި ވާކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ޒުވާނަކާއި 21 އަހަރުގެ ޒުވާނެއް ކަމަށެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި 2 މީހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސާވިސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކުރިނބީ އިން ފުރައިގެން ކުޅުދުއްފުއްޓަށް ގޮސް އެއާޕޯޓު ސަރަހައްދުން ކުޅުދުއްފުއްޓަށް އެރި ތަނުންނެވެ. މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސައިވާއިރު ދަތުރު ކުރި ކެނޯ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސައި ކަމަށް މިނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
އާންމުކޮށް ރަށްރަށުގައި މީހުން ދަތުރު ކުރަން ގެންގުޅޭ ދޯނީގައި ކުރިނބީ އިން ކުޅުދުއްފުއްޓަށް ދެވޭނީ 45 ވަރަކަށް މިނެޓުންނެވެ.
މިމައްސަލަ ފުލުހުން މިހާރު ގެންދަވަނީ އިތުރަށް ތަޙްޤީގު ކުރައްވަމުންނެވެ.




3 Responses
ކީއްކުރާނީ? ހުރިހާ ބާވަތެއްގެ އެއްޗެހި ވެސް ގަންނަން މިޖެހެނީ ކުޑަމާލެ… ކުޅުދުއްފުށިސިޓީންވިއްޔަ ދޯ. ސްޓޮކް ހުސްވީ. ހާލަތު ޒަރޫރީވީ. ގައުމުގެ ޒުވާނުން.
”ގެންގޮއްސައި“ gengosfai liyaaaneeee
ސިކުވީއޭ ގަބޫލުކޮއްބަލަ…. ހަހަހަހަހަހަަަަަ