ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީންގެ މައްސަލަ - އިމްރާން

ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީންގެ މައްސަލަ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުންސުރެ ހައްލެއް ނުލިބިފައި އޮތް ބިދޭސީންގެ މައްސަލަ ކަމަށެވެ.

ބިދޭސީން ދިރިއުޅޭ ދަތި ތަންތަނުން ނެރެ ރައްކާތެރި ތަންތަނަށް ގެންދިއުމަކީ ސަރުކާރަށް ބުރަބޮޑު ކަމެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. އެހެންނަމަވެސް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ސަރުކާރުން އިސްކަން ދީގެން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ބިދޭސީން ކަރަންޓީން ކުރުމަށް ސަރުކާރުން މިއަދު ވަނީ ނިންމައިފައެވެ.

ރާއްޖެ އިން މިހާތަނަށް 491 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 334 މީހުންނަކީ ބިދޭށީން ނެވެ. އެއީ 261 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ 51 މީހަކު ހިމެނޭއިރު، އިޓަލީ 11 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި، ނޭޕާލްގެ 2 މީހެއްގެ އިރުތުން ސްރީލަންކާ 2 މީހަކު ހިމެނެއެވެ. މީގެ އިތުރުން ވަކި ޤައުމެއް ހާމަކޮށްފައިނުވާ 4 ފަރާތެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ޕޮޒިޓިވް ވެފައިވާ ދިވެހިންގެ އަދަދާދަކީ 157 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ