މެދު ރާއްޖެތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން މިއަދުގެ 13:00 ން މިރޭގެ 18:00 އަށް ވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސަސް އިން ނެރުނު ވައިޓް އެލާޓުގައި ބުނެފައި ވަނީ އެ ގަޑިތަކުގައި ނ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދޭތެރޭގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓްއޮފީހުގެ އެލާޓްގައި ވަނީ ބުނެފައެވެ.
Alert White issued for heavy rain, thunderstorms, and gust winds of 40 mph. pic.twitter.com/xfleOPoPkO
— Maldives Meteorology (@MetMaldives) May 6, 2020
ރޭގައިވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓު އެލާޓު ނެރެފައެވެ، އެގޮތުން ނ އަތޮޅުން ފެށިގެން އައްޑޫ ސިިޓީ އާއި ހަމަޔަށް ރޭގައި ވަނީ ވައިޓު އެލާޓު ނެރެފައެވެ.
ކުރިއަށް ގަޑިތަކަށް މޫސުން ލަފާކޮށް މެޓްއޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާކެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓްއޮފީހުން ހާމަކޮށްފައިވެއެވެ.




