ސަމާލުވޭ ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ

ކުރިޔަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމުގައި މޫސުމާ ބެހޭ ޤައުމީ އިދާ އިން ހާމަކުރައްވައިފިއެވެ.

މެޓް އޮފީހުން މިއަދު ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، އަދި ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށެވެ.

އެގޮތުން ހުކުރު ދުވަހު އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރާއިރު، މެދުރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅު ތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމުގައި މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރާ އިރު، މެދު ރާއްޖެތެރެއަށާއި، ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރާ ކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މި ދުވަސް ކޮޅަކީ މޫސުން ގޯސް ދުވަސް ކޮޅެއްކަމުން މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އެލާޓް ނެރެމުންނެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެން ވާކަމަށެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމުގައި މެތް އޮފީހުން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ