ކާޒާމިޔާ ގެސްޓް ހައުސް | ފޮޓޯ: ޑީއާރްޕީ

ޖާބިރުގެ ކާޒާމިޔާ ގެސްޓް ހައުސް ކަރަންޓީން ފެސިލިޓީއަކަށް

ޑީއާރްޕީގެ ލީދަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކާޒާމިޔާ ގެސްޓް ހައުސް ކަރަންޓީނު ފެސިލިޓީއަކަށް ދޫކޮށްފިއެވެ.

އއ. މަތިވެރީގައި ހުންނަ މި ގެސްޓު ހައުސް ކަރަންޓީން ފެށިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ދީފައިވަނީ މަތިވެރި ކައުންސިލްގެ އެދުމަކަށެވެ. މަތިވެރި ރައްޔިތުންނަށް ޖެހޭ ކޮންމެ ދަތިކަމެއްގައި އެހީވާން އަބަދުވެސް ތައްޔާރަށް ހުންނެވިކަމަށް ޖާބިރު ޗެއާރމަންކަން ކުރައްވާ ރިޗް ކްލަބް މޯލްޑިވްސް އާއި ހަވާލާދީ ޑީއާރްޕީން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

ޑިީއާރްޕީގެ ޓްވީޓުގައި މަތިވެރި ކައުންސިލަކީ ވަރަށް ޒިންމާދާރު އެހާމެ ހިންގުންތެރި ކައުންސިލެއްކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި މަތިވެރި ކައުންސިލުގެ ރައީސް އަށާއި މެންބަރުންނަށް އެޕާޓީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަތިވެރި ކައުންސިލުން ޖާބިރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ އެކިއެކި ބޭނުންތަކުގައި މާލެ ގޮސް އެނބުރި މަތިވެރިއަށް ނާދެވިގެން 30 މީހުން ލިސްޓު ކުރެވިފައިވާ ކަމަށެވެ. އެގޮތުން މި މީހުން ގެނެވެން އޮތީ އެޗްޕީއޭގެ މިންގަނޑަށް ފެތޭ ކަރަންޓީނު ފެސިލިޓީއެއް ހަމަޖެހުމުން ކަމަށާއި އެހެންކަމުން ކާޒާމިޔާ ގެސްޓް ހައުސްގެ 14 ކޮޓަރި މިކަމަށް ހަމަޖައްސައިދިނުމަށް އެ ކައުންސިލުން ވަނީ ޖާބިރަށް ފޮނުއްވި ސިޓީގައި އެދިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމުގެ ސަބަބުން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވާލުމުން ކަނޑައެޅޭ އުޞޫލުތަކާ އެއްގޮތަށް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ