ކޮވިޑް-19: ފަސް ފުލުހުން ޕޮޒިޓިވްވެ، ގިނައަދަދެއްގެ ފުލުހުން ކަރަންޓީންކޮށްފި

ނުރައްކާތެރި ކޮވިޑް-19 އަށް ދިވެހި ފުލުހުންގެ ފަސް ބޭކަލަކު ޕޮޒިޓިވްވެ، އިތުރު ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީނު ކޮށްފައިވާކަން ހޯމް މިނިސްޓަރ ހާމަކުރައްވައިފިއެވެ.

ދިފާއީ ބާރުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ އަދަދުތައް ސަރުކާރުން މީގެ ކުރިން ހާމަކޮށްފައި ނުވި ނަމަވެސް، މިކަން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ހާމަކުރެއްވީ މިރޭ ރާއްޖެ ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއްގައެވެ.

ހޯމް މިނިސްޓަރ މިރޭ ވިދާޅުވީ، ފަސް ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އިތުރު170 ފުލުހުން ކަރަންޓީނު ކޮށްފައިވާ ކަމަށާއި، ފުރާނަ އަތްމައްޗަށް ލައިގެން ފުލުހުން ކުރާ މަސައްކަތަކީ ހިތުގެ އަޑިން ބަލައިގަނެ ޝުކުރު އަދާކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

ގިނަ އަދަދެއްގެ ފުލުހުން މަސައްކަތުން އެކަހެރިކުރަން ޖެހުމަކީ، ވަރަށް ބޮޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް މި ބަލިމަޑުކަމުން އަރައިގަނެވޭނީ ފުލުހުންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ އެހެނިހެން ބޭފުޅުންގެ އެހީތެރިކަމާ އެކުގައި ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"މިއީ ފުލުހުންގެ މަސައްކަތަށްވެސް އޮތް ވަރަށް ބޮޑު ޗެލެންޖެއް. ގިނަ އަދަދެއް ކަރަންޓީން ވެގެން ދިއުން. އަޅުގަނޑުމެން ކުރަން ހުރި މަސައްކަތުގައި ފުލުހުންގެ ފޯސް އަށް ލިބެމުންދާ ހީނަރުކަން އެއީ ނުވަތަ މަދުވާ މަދުވުން އެއީ ވަރަށް ބޮޑު ޗެލެންޖަކަށްވޭ. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ފުލުހުންނާއި އެމްއެންޑީއެފްގެ ބޭފުޅުންނާއި ސިއްހީ ފަރާތްތަކާއި ނިކުމެ މަސައްކަތް ކޮށްގެން ނޫނީ ދެން ތިބި މީހުން ސަލާމަތް ކުރެވޭކަށް ނެތް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ، ފުލުހުންގެ ތެރެރިން ބަޔަކު ޕޮޒިޓްވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މިކަމާ ގުޅިގެން އިތުރަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ