އެމްޕީއެލް: ފޮޓޯ- ސަން އޮންލައިން

އެމްޕީއެލްގެ ބިންތަކުގެ ކުލި ދެއްކުމަށް ބޮޑެތި ލުއިތަކެއް!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަލަހައްޓަމުން ގެންދާ ބައެއް ބިންތަކާއި އިމާރާތްތަކުގެ ކުލި، މި ދުވަސްވަރު އެއްކޮށް ނުވަތަ ވަރަށް ބޮޑު އަދަދެއް މާފުކޮށްދިނުމަށް ނިންމައިފިއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ރޯގާއާ ގުޅިގެން ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ އާއި އަދި މާލެ ސަރަހައްދު 15 އޭޕްރީލް 2020 އިން ފެށިގެން ފުރަބަންދު ކޮށްފައިވާތީ، އެ ކުންފުނީގެ އަދި އެ ކުންފުނިން ބަލަހައްޓަމުންގެންދާ އިމާރާތްތަކާއި ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ލުއިތައް ދިނުމަށް ހަމަޖެހިފައިވާނީ:

  • ސައިހޮޓާ/ރެސްޓޯރަންޓްް:

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ސައިހޮޓާ/ރެސްޓޯރެންޓްތައް ބަންދު ކުރުމަށް އަންގާފައިވާތީ އެފަދަ އިމާރާތްތަކުގެ ކުލި އެ ދުވަހުން ފެށިގެން މާފްކުރުން.

  • ފިހާރަ އާއި ގުދަން:

ފިހާރަ ހިންގުމަށާއި މުދާ ގުދަން ކުރުމަށް ކުއްޔަށް ދީފައިވާ އިމާރާތްތަކާއި ބިންބިމުގެ މެއި އަދި ޖޫން މަހުގެ ކުލިން 30 އިންސައްތަ މާފްކޮށްދިނުމުގެ އިތުރަށް، އޭޕްރީލް، މެއި އަދި ޖޫން މަހުގެ ކުލި ޖޫރިމަނާއާ ނުލައި ބަލައިގަތުމުގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް އިތުރުކޮށްދިނުން.

  • ލޮރީ ޕާކިން ފީ:

ލޮރީ ޕާކިން ފީގެ މެއި އަދި ޖޫން މަހުގެ ކުލިން 30 އިންސައްތަ މާފްކޮށްދިނުމުގެ އިތުރަށް، އޭޕްރީލް، މެއި އަދި ޖޫން މަހުގެ ކުލި ޖޫރިމަނާއާ ނުލައި ބަލައިގަތުމުގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް އިތުރުކޮށްދިނުން.

  • ފައްތިޔާ އަދި އެހެނިހެން ފީތައް:

ފައްތިޔާ ފީ އާއި އެހެނިހެން ހިދުމަތްތައް ދިނުމަށް ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ދައްކާ ފީތަކުގެ އޭޕްރީލް، މެއި އަދި ޖޫން މަހުގެ ކުލި
ޖޫރިމަނާއާ ނުލައި ބަލައިގަތުމުގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް އިތުރުކޮށްދިނުން.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ