ކޮވިޑް-19 ގެ ފުރަތަމަ ކޭސް މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ފެނިފައިވާ ޗައިނާގެ ވޫހާން ސިޓީގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރަން ނިންމައިފިއެވެ.
ވޫހާން އިން ފެނުނު ފުރަތަމަ ކޭސްއާއެކު އިތުރު ގިނަ ކޭސްތަކެއް ފެންނަން ފެށުމުން އޭރު ވޫހާން ސިޓީވަނީ ލޮކްޑައުންކޮށްފައެވެ. ނަމަވެސް ފަހުން ހަމައަކަށްއެޅި އެސިޓީ ހުޅުވާލިތާ މަހެއް ފަހުން އަނެއްކާވެސް ފުރަތަމަ ފަހަރަށް އެ ސިޓީއިން އިތުރު ޕޮޒިޓިވް ކޭސްތަކެއް މިހާރުވަނީ ފެންނަން ފަށާފައެވެ.
އެހެންކަމުން ވޫހާންގެ ކަމާބެހޭ ފަރާތްތަކުން ޕްލޭން ކޮށްފައިވަނީ 10 ދުވަސް ތެރޭގައި ވޫހާންގެ ހުރިހާ ރައްޔިތުން ޓެސްޓްކުރާގޮތަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވް ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި ވޫހާން ލޮކްޑައުންކުރުމަށްފަހު ވައިރަސް ކޮންޓްރޯލްކޮޮށް ލޮކްޑައުންއިން ނަގައި ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ.
11 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮތް ވޫހާން ސިޓީއިން މިދިޔަ ޑިސްމްބަރ މަހު 31ގައި ފުރަތަމަ ކޭސް ފެނުނު ފަހުން މިހާތަނަށް 3-5 މިލިއަން މީހުން ވަނީ ޓެސްޓްކޮށްފައެވެ. އެހެންކަމުން 10 ދުވަސް ތެރޭގައި 6-8 މިލިއަން މީހުން ޓެސްޓް ކުރުމުގެ ޤާބިލުކަން އެ ސިޓީގައި ހުންނާނެ ކަމަށް ވޫހާން ޔުނިވާސިޓީގެ ޕެތޮޖެން ބިއޮލަޖީ ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޑިރެކްޓާރ ވަނީ ވިދާޅުވެފައެވެ.
ޗައިނާގައި މިހާތަނަށް ކޮވިޑް19 ގައި 4000 ވުރެ ގިނަ މީހުން ވަނީ މަރުވެފައި ވާއިރު 80،000 އަށްވުރެ ގިނަ މީހުންވަނީ ބައްޔަށް ޕޮސިޓިވްވެފައެވެ.



