ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓު ހެކްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓަރ އެކައުންޓް ހެކް ކޮށްފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
Ministry of Tourism’s official twitter account has been hacked. We are investigating the matter.
— Maldives Police (@PoliceMv) May 14, 2020
ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއިރު، މިރޭގެ ވަގުތެއްގައި އެ ޓްވިޓަރ އެކައުންޓުން ވަނީ ސަރުކާރާ ދެކޮޅު ޓްވީޓްތަކެއް ކޮށްފައެެވެ. ނަމަވެސް ފަސް ވަރަކަށް މިނެޓްގެ ތެރޭގައި އެ ޓްވީޓްތައް ވަނީ ޑިލީޓްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓުން މިފަދަ ޓްވީޓްތަކެއް ކުރިއިރު، ރޭ ވަނީ ބޭއަދަބީ ޓްވީޓެއްގައި މި އެކައުންޓުން ކޮށްފައެވެ.
މިރޭގެ ޓްވީޓްތަކަށް ފަހުގައި، މި ޓްވިޓަރ އެކައުންޓު ހެކްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވި ނަމަވެސް، ރޭގެ ބޭއަދަބީ ޓްވީޓާއި ގުޅިގެން އެ މިނިސްޓްރީން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.




