ބިދޭސީންގެ ބޮޑު މާރާމާރީއެއް، އެކަކު ޒަހަމްވެ ހޮސްޕިޓަލުގައި

ބިދޭސީންގެ މެދުގައި ބޮޑު މާރާމާރީއެއް ހިނގައި އެކަކު ޒަހަމްކޮށްލައިފިއެވެ.

ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދާކަމަށް ފުލުހުން ގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ ޗާންދަނީމަގުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމަށް ރޭ ދަންވަރު 01:54 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މާރާމާރީ އާއި ގުޅިގެން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މާރާމާރީގައި ތޫނު އެއްޗަކަން ބޮލަށް ހަމަލާދީފައިވާ ބިދޭސީއަކު، ގެއިން ނިކުމެގެން ހިނގާފައި ދަނިކޮށް އަނބުރާގަނެގެން މަގުމައްޗަށް ވެއްޓިގެން ފުލުހުންގެ ވެހިކަލްގައި އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަވަނީ އިތުރަށް ތަޙްޤީގު ކުރައްވަމުންނެވެ.

 

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ނަސްލީ

    ބަލަގަ ރާއްޖޭގެ ވެރިކަން ކުރާ ވެރިންނެވެ މިގައުމުގެ ތިބި ބަންގާޅުން ރަ ށައް ފޮނުވާ ލާބަލަ އަތުގައި ސަރުކާރުގެ ރުފިޔާ ނެތިގެން އުޅެނީ ކަމަށް ވަންޏާ ބަންގާޅުން ގެ ސަރުކާރާއި ވާހަކަ ދައްކާ އިގެން އެ ގައުމައް އެމީހުން ފޮނުވާ ހުސް ކުރަން ވެއްޖެއެވެ އަހަރެމެން ނައް މިމީހުން ނާއި ހެދިގެން ބޮޑު އެހެން ކަމަކަށް ވެއްޖެ އެވެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ