މޫސުން ވަރަށް ބޮޑަށް ގޯސްވެ މެދު ރާއްޖެތެރެ އޮރެންޓް އެލާރޓްނެރެފިއެވެ.
މިއީ ފަހުގެ ތާރީޚެއްގައި އޮރެންޓް އެލާރޓް ފުރަތަމަ ފަހަރަށް ނެރުނު ފަހަރެވެ.
އާންމު ގޮތެއްގައި 34 މޭލާއި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮރެންޖް އެލާޓް ނެރެފައިވަނީ ބ. އަތޮލޫން ފ. އަތޮޅަށެވެ.
މިއަދު 17:00 ން 19:00 އަށް މިއެލާރޓް ނެރެފައިވާއިރު، ހުރިހާ ފަރާތްތަކެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.
ALERT ORANGE in effect! Windy conditions are likely to maintain over the area. All parties are advised to take necessary precautions. pic.twitter.com/C5yCPYJvS5
— Maldives Meteorology (@MetMaldives) May 15, 2020
ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް، މޫސުން ގޯސްވާނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން އޮތީ ލަފާކޮށްފަ އެވެ.
ކުރިއަށް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ.
"އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
އަދި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާއިރު އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުންވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މިވިއްސާރައިގައި އާންމުކޮށް ހުރިހާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލު ވުމަށްވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.



