23 ފުލުހަކު ޕޮސިޓިވްވެ، 293 ފުލުހުން އައިސޮލޭޝަން އަށް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފުލުހުންގެ އަދަދު 23 އަށް އަރައިފިއެވެ.

މިކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ މުވައްސަސާއިން ކޮވިޑް-19 އަށް ފައްސިވި 23 ފުލުހުންނާއި އަދި މުވައްޒަފުންނާއި އޭނާ ވާހަކަަދައްކާފައިވާ ކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ފައްސިވި ފުލުހުންނާއި ގުޅިގެން 293 ފުލުހުންގެ އޮފިސަރަކާއި، މުވައްޒަފަކު އައިސޮލޭޝަންގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

 

ފުލުހުންގެ އިތުރުން ސިފައިންގެ މުއައްސަސާއިންވެސް މިބައްޔައް ބަޔަކު ޕޮސިޓިވްވެފައިވާއިރު، ސިފައިންނާއި ފުލުހުންނަކީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރާ ފްރޮންޓްލައިން މުވައްޒަފުންގެ ތެރޭގައި ހިމެނޭ އެއް ބައެވެ. ނަރުހުންނާއި ޑޮކްޓަރުން ފިޔަވާ ދެން ބަލި މީހާއާ އެންމެ ގާތްކޮށް އުޅޭ ބަޔަކީ ފުލުހުންނާއި ސިފައިންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު 1083 އަށް އަރާފައިވާއިރު، މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1018 މީހުންނެވެ. އަދި މި ބަލިން 59 މީހަކު ރަނގަޅުވެފައިވާއިރު، ބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދަކީ 4 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ