މިއީ މިހަގެ ކުރީކޮޅު ހިނގާދިޔަ ކަމެކެވެ. ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެން ބޮލީވުޑްގެ ތަރިން އިންޑިއާގެ ފަޤީރުންނަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ވާހަކަ ތަކުގެ ތެރެއިން، އިވިގެންދިޔައީ މަޝްހޫރު އެކްޓަރު އާމިރު ޙާން އެއް ކިލޯގެ ފުއްކޮތަޅެއް ކޮންމެ ފަޤީރު އާއިލާއަކަށް ބެހިވާހަކައެވެ. އަދި ކޮންމެ ކޮތަޅެއްގައި 15000 ރުޕީސް އޮތް ކަމަށް ޙަބަރު ފެތުރުނެވެ. އެހެންނަމަވެސް މި ވާހަކަ އާމިރު ޙާން މި ވަނީ ދޮގުކޮށްފައެވެ.
މި ވާހަކަ ފެތުރު ގޮތަށް ބަލާއިރު، މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނީ، އާމިރު ޙާން އެއް ކިލޯގެ ފުއްކޮތަޅެއް ފިޤީރު އާއިލާތަކަށް ހަދިޔާ ކުރި ވާހަކައެވެ. އަދި މިއީ ކުޑަ މިންވަރެއް ނަމަވެސް، އޭގެ ބޭނުން ޖެހިފައިވާ މީހުން މި ހަދިޔާ ޤަބޫލު ކުރިއިރު، ކޮންމެ ފުއްކޮތަޅެއްގައިވެސް 15000 ރުޕީސް ލައިފައި އޮތްކަމަށެވެ. އަދި މިކަމާއި ގުޅިގެން ގިނަ ބަޔަކު ދިޔައީ ސޯޝަލް މީޑިއާގައި އާމިރު ޙާން އަށް ތައުރީފުކުރަމުންނެވެ.
Guys, I am not the person putting money in wheat bags. Its either a fake story completely, or Robin Hood doesn't want to reveal himself!
Stay safe.
Love.
a.— Aamir Khan (@aamir_khan) May 4, 2020
އެހެންނަމަވެސް، މި މަހުގެ 4 ގައި އާމިރު ޙާން މި ޙަބަރު ދޮގުކޮށް ޓްވީޓާގައި ބުނީ، ފުއްކޮތަޅަށް ރުފިޔާ ލައިގައި ބަހަނީ އޭނާ ނޫންކަމަށެވެ. އަދި ފުއްކޮތަޅު ބަހާ ވާހަކައަކީ، މުޅިން ދޮގު ވާހަކައެއްކަމަށާއި، ނޫނީ އެ ކަން ކުރާ މީހަކު އޭނައަކީ، ކާކުކަން ބުނަން ބޭނުން ނުވަނީކަމަށެވެ.
އެ ދުވަސްވަރު އާމިރު ޙާން ކުރާ ކަމެއް ކަމަށް ބުނެ ފުއްކޮތަޅުގެ ފޮޓޯތަަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އަދި މި ކަމާއި ގުޅިގެން ގިނަ ބަޔަކު އާމިރު ޙާން އަށް ތައުރީފްކޮށްފައިވާއިރު، ޢާމިރު މި ވާހަކަ ދޮގު ކުރުމުން، އެއީ ސަލްމާން ޙާން ކުރާ ކަމެއް ކަމުގައިވެސް ވާހަކަ ދެކެވުނެވެ.
ބޮލީވުޑްގެ ތަރިންގެ ތެރެއިން، ސަލްމާން ޙާންވެސް ވަނީ، މި ލޮކްޑައުންގެ އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.