ފުލުހުން ކަރަންޓް ހަތިޔާރެއް ބޭނުން ކުރަން ފަށަނީ

ފުލުހުން މީހުން ހައްޔަރު ކުރުމުގައި ކަރަންޓް ހަތިޔާރެއް ބޭނުން ކުރަން ފަށަން ތައްޔާރު ވެއްޖެއެވެ.

އެގޮތުން ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު މިއަދު ވިދާޅުވެފައިވަނީ ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން (ސީއީޑަބްލިއު) އަކީ ފުލުހުންނާއި އަދ އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުން ކުރެވޭ ހަތިޔާރެއްކަމަށެވެ. މިއީ ނުކިޔަމަންތެރިވާ މީހުން ހައްޔަރު ކުރުމުގައި އެންމެ ސްމާރޓް އަދި އެދެވޭ ގޮތް ކަމުގައިވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

ފުލުހުން މިހާރު ވަނީ މި ހަތިޔާރު ބޭނުން ކުރުމުގެ ޓްރިއަލް ފަށާފައެވެ. މި ހަތިޔާރު ބޭނުން ކުރުމުގައި ފުލުހުން ޒިންމާދާރު ކުރުވުމުގެ ގޮތުން ފުލުހުންގެ ހަށިގަނޑުގައި ކެމެރާ ހަރުކޮށްފައި ހުންނާނެ ކަމުގައި ސިޕީ ވިދާޅުވިއެވެ.

މި ހަތިޔާރުން މީހަކަށް ހަމަލާ ދިނުމުން އެމީހާއަށް ކަރަންޓް ޝޮކެއް ލިބެއެވެ. އެހެން ކަމުން ފުލުހުންނަށް އެމީހާ ހައްޔަރު ކުރުމުގައި މާ ބޮޑެތި އުނދަގޫތަކެއް ނުލިބޭނެއެވެ. ބައެއްފަހަރު ފުލުހުންނަށް ކުނިޔަމަންތެރިވާ މީހުން ހައްޔަރު ކުރުމުގައި ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމުގެ ޝަކުވާތައް ކުރެވިފައިވެއެވެ. ނަމަވެސް މިފަދަ ހަތިޔާރެއް ބޭނުން ކުރަން ފެށުމުން އެފަދަ އަނިޔާތައް ކުޑަވެގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Perr peee

    Aniyaa ehnuvaa eh nuvaane dhow gos geyga madun hunnanama.kameh v ma dhow gos hifaa hayyaru e kuranee.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ