ފަތުރުވެރިކަން އަލުން ހުޅުވާލާއިރު އަމަލުކުރާ އުޞޫލަށް މަޓާޓޯއިން ކަންބޮޑުވުންފާޅުކޮށްފި

ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީން ނެރުނު "މޯލްޑިވްސް ސޭފް ޓުއަރިޒަމް ގައިޑްލައިން" އާއިމެދު މަޓާޓޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަޓާޓޯއިން ނެރުނު ބަޔާނުގައި ވާގޮތުން ޓުއަރިޒަމް މިނިސްޓްރީއިން މި ގައިޑްލައުން އެކުލަވާލީ އިންޑަސްޓްރީއާއި ޑިސްކަސް ނުކޮށެވެ. އަދި އޭގައި ހުރި ސިޔާސަތުތަކާއި މެދު ކަންބޮޑުވާކަމަށް އެބަޔާނުގައި ވެއެވެ.

ރާއްޖެ އަލުން ފަތުރުވެރިކަމަށްހުޅުވާލަން ނިންމާފައިވާއިރު ޓޫރިސްޓުން ބޭތިއްބުމުގެ ހާއްސަ ހުއްދައެއްގެ ގޮތުގައި "ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރަން ނިންމާފައިވާއިރު މި ލައިސަންސް ދޫކުރާނީ ވަކި ޝަރުތުތަކެއް ހަމަވާ ރިސޯޓުތަކަށް ކަމަށް ޓްއަރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ނިންމާފައިވަނީ ރާއްޖެ އަންނަތަނުން ފަތުރުވެރިންގެ ޕީސީއާރް ޓެސްޓް ހަދައި އަަދި ޓެސްޓުގެ ނަތީޖާ ލިބުމުން ފަތުރުވެރިން ގެސްޓްހައުސް ތަކަށް ފޮނުވާށެވެ.

އަދި ފަތުރުވެރިންނާއި ދިމާވާ މުވައްޒަފުން ޕީޕީއީ ބޭނުން ކުރުމަށާއި އެއާރޕޯޓް ތެރޭގައިވެސް ގައިދުރުކުރުން ގެންގުޅުމަށް ގައިޑްލައިންގައި ވެއެވެ.

ޓްއަރިޒަމް އިންޑަސްޓްރީގެ ސްޓޭކްހޯލްޑަސް އާއެކު ގައިޑްލައިންގެ މަޝަވަރާ ކުރެވިކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ނަމަވެސް މަޓާޓޮއިން ނެރުނު ޕްރެސް ރިލީސްގައި ވާގޮތުން އެ ކުންފުޏަކީ ޓްއަރިޒަމް އިންޑަސްޓްރީގެ ސްޓޭކްހޯލްޑަސް އެއް ކަމަށާއި ނަމަވެސް އެފަރާތާއި ގައިޑްލައިން ހިއްސާކޮށްފައި ނުވާކަމަށް މަޓާޓޯއިން ވިދާޅުވިއެވެ. އަދި މަޓާޓޯއިން ވަނީ އޭގައި ހުރި ސިޔާސަތުތަކާއި މެދު ކަންބޮޑުވާކަމަށް ފާހަގަކުރައްވާފައެވެ.

 

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ