ބިދޭސީންތިބޭ ކަރަންޓީން ފެސިލިޓީއެއްގައި ހަމަނުޖެހުމެއް ހިނގައިފި

ހުޅުމާލޭގައި ބިދޭސީންތިބޭ ކަރަންޓީން ފެސިލިޓީ އެއްގައި ހަމަނުޖެހުމެއް ހިނގައިފިއެވެ.

މިހާދިސާ ހިނގައިފައިވަނީ ހުޅުމާލޭ އަމީނީ ހިޔާގައެވެ. މި ހަމަނުޖެހުމުގައި އެތަނުގައި ތިބި ބަޔެއް މީހުންވަނީ އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނާއި ދިމާއަށް ގޮނޑިފަދަ ތަކެތި އުކާފައެވެ.

މި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބު އަދި ނޭންގޭއިރު ފުލުހުން ވިދާޅުވެފައިވަނީ، މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށާއި އަދި މީހަކު ހައްޔަރުވެސް ކޮށްފައި ނުވާކަމަށެވެ.

Posted by Shinilxuny Ols on Sunday, May 24, 2020

"މިރޭ 20:50 ހާއިރު ހިނގި މި ހަމަނުޖެހުން ވާހަކަދައްކައިގެން މިހާރުވަނީ ހައްލުކޮށްފައި" ފުލުހުން ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމުގެ ގޮތުން ސަރުކާރުންވަނީ ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރީން ތިބޭ ލޭބާ ކުއާޓަރތައް މޮނިޓަރިންގެ ހާލަތަށް ގެނެސް ގިނަ އަދަދެއްގެ ބިދޭސީން ކަރަންޓީން ފެސިލިޓީތަކަށް ބަދަލު ކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު 1313 އަށް އަރައިފައި ވާއިރު މީގެތެރޭގައިވެސް ގިނައީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ