ބުރުމާތަކެއް ވަގަށްނެގި މައްސަލައެއްގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ބުރުމާތަކެއް ވަގަށްނެގި މައްސަލައެއްގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނޮސްފިއެވެ.

ފުލުހުން ވިދާޅުވީ މިއަހަރުގެ އޭޕްރިލް އަދި މެއި މަހުގެ ތެރޭގައި އެކި ދުވަސް މަތިން ބުރުމާތަކެއް ވަގަށްނަގާފައިވާ މައްސަލައެއް އިއްޔެ ޕޮލިހަށް ހުށައެޅިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ހުށައެޅުނުތާ 6 ގަޑިއިރު ތެރޭ ދުވާފަރު ޕޮލިހުންގެ މަސައްކަތުން ބުރުމާތައް އަނބުރާ ހޯދާފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން އިތުރަށްވިދާޅުވީ މި ވައްކަމުގެ ތުހުމަތުގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި ފަހަކަށް އައިސް ވައްކަމުގެ ތަފާތު ގިނަ މައްސަލަތައް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ