ކޮވިޑް-19 އާއި ގުޅިގެން ފަސްކުރެވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު، 2021 ވަނަ އަހަރުގެ މެއި 10 ގެ ކުރިން ބާއްވަން ޖެހޭނެ ކަމަށް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020 ގައި ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚްގައި ބޭއްވިފައި ނުވާއިރު، އެ އިންތިޚާބު ފަސް ކުރުމަށް މަޖިލީހުން ވަނީ ޚާއްސަ ބިލެއް ފާސްކޮށްފައެވެ. މި ބިލްގައި ބުނެފައިވަނީ ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު 2020 އެ ޤާނޫނަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ބާއްވަން ވާނެ ކަމަށެވެ.
Faskuri LCE adhi WDCE baahvan gaanoonun laazim kuraa thaareekh mi gaanoon ge dheva maahdhaa ge shaviyani ga evanee, January 6, 2021 ge kurin oiothun vanee islaahu kurevifa pic.twitter.com/s82KccDVBy
— Ahmed Shareef (@ShareefRangondi) May 27, 2020
މި ބިލް ތަސްދީޤު ކުރައްވާފައި ވަނީ 2020 މެއި 10 ވަނަ ދުވަހުއެވެ. އެހެން ކަމުން މި ޤާނޫނުގައި ބުނެފައިވާ ގޮތުން 2021 ވަނަ އަހަރުގެ މެއި 10 ގެ ކުރިން އިންތިޚާބު ބާއްވައި ނިންމަން ވާނެއެވެ. އިންތިޚާބު ބާއްވާނެ ތާރީޙެއް އިލެކްޝަންސް ކޮމިޝަނުން އަދި އިޢުލާނު ކޮށްފައެއް ނުވެއެވެ.
އިންތިޚާބު ފަސް ކުރުމާއި ގުޅިގެން މިހާރު ތިބި ކައުންސިލްތަކުގެ ދަޢުތު އަންނަ ޖޫން 03 ވަނަ ދުވަހު ހަމަވާއިރު، ކައުންސިލަރުންގެ ދަޢުރު ދިގު ކުރުމުގެ މަސައްކަތް މަޖިލީހުގައި ދަނީ ކުރެވެމުންނެވެ.



