ރޭގަނޑުގެ ނިންޖަކީ އިންސާނާގެ ދުޅަ ހެޔޮކަމަށާއި ސިކުނޑި ހެދިބޮޑުވުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ އެއްޗެކެވެ.
ރޭގަނޑުގެ ހަމަނިދި ނުލިބޭނަމަ ބޮލުހަ ރިހުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާކަމެކެވެ. މިއީ އާދައިގެ ކަމެކޭ ހީވިޔަސް ހަޤީޤަތުގައި ވަރަށް ސީރިއަސް ކަމެކެވެ. އެހެން ކަމުން ރޭގަނޑުގެ ހަމަނިދި ނިދުމަކީ ވަރަށް މުހިންމުކަމެކެވެ.
ގިނަ މީހުންނަކީ ރޭގަނޑުގެ ހަމަހިމޭން ވަގުތުތަކުގައި ކަންކަމާ ފިކުރު ކުރާ މީހުންނެވެ. މިގޮތަށް ރޭގަނޑުގެ ގިނަ ވަގުތު ނުނިދާ ކަންކަމާ މާބޮޑަށް ފިކުރުކޮށް ހެދުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ނުނިދާ ގިނަވަގުތު ހޭލާއުޅޭނަމަ ގަދަޔަށް ބޮލުގަރިއްސާ މޫނުމްށްޗަށް އަނދިރިވުން ފަދަ ކަންކަމަކީ ވަރަށް ގިނައިން ދިމާވާ ކަންކަމެވެ. އޭގެއިތުރުން އަނދިރީގެ ތެރޭގައި ކޮމްޕިއުޓަރ، ޓީވީ އަދި ފޯނު ފަދަ ތަކެތިން ފޯރާ އަލިތަކުގެ ސަބަބުން ވެސް ބޮލުގަ ރިހުމާ ކުރިމަތިލާން ޖެހެއެވެ.
ރޭގަނޑުގެ ނިދި ނުލިބޭނަމަ ސިކުނޑީގެ ބަލިތަށް ޖެހުން ގާތްކަމަށް ދިރާސާތަކުން ދައްކައެވެ. އެހެން ކަމުން ސިކުނޑިއަށް ރެސްޓް ދިނުމުގެ ގޮތުން ވެސް ރޭގަނޑުގެ ނިދި ވަރަށް މުހިންމުވެއެވެ. ސިކުޑިއަށް ބޭނުންވާ ވަރަށް ރެސްޓް ނުލިބޭނަމަ ބޮލުގަ ރިހުމުގެ އިތުރުން މީހާ ސްޓްރެސްް ވެއެވެ.
ގަދަޔަށް ބޮލުގަ ރިހުމަކީ ވޭން ހުރިކަމެކެވެ. އެހެން ކަމުން މިކަނތަށްތަކުން ދުރުވުމަށް ރޭގަނޑުގެ ހަމަނިދި އޭގެ އެންމެ ފުރިހަމަ ކަންމަތީ ހޯދާ މިކަންތަށް ތަކުން ދުރުވުމަށް މަސައްކަތް ކުރާށެވެ.



