އިޒްމިއާ ޒާހިރު - ފޮޓޯ: މިހާރު

ފުލުހުންގެ ތަރުޖަމާނުގެ މަސްއޫލިއްޔަތުން އިޒްމިއާ ދުރުކޮށްފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު، ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފި އެވެ.

އިޒްމިއާ ފުލުހުންގެ ތަރުޖަމާނުގެ މަސްއޫލިއްޔަތުން ދުރުކޮށްފައި މިވަނީ މަގާމުން ދުރުކުރަން އުޅޭކަމުގެ އަޑުތައްވެސް ފެތުރިފައި ވަނިކޮށެވެ.

ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕޫން މިއަދުގެ ވަގުތެއްގައި އިޒްމިއާ އަމިއްލައަށް ވަނީ ނިކުމެވަޑައިގެންފައެވެ. މިކަމާއި ގުޅިގެން މައުލޫމާތު ސާފު ކުރައްވަން ގުޅުއްވުމުން ފުލުހުން ވިދާޅުވީ މިކަމާއި ބެހޭ މައުލޫމާތު ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.

އިޒްމިއާ މީޑިއާތަކާއި މެދު ތަފާތުކުރުން ގެންގުޅުއްވާކަމަށް ބައެއް މީޑިއާތަކުން ތުހުމަތު ކުރައްވާއިރު ދާދި ފަހުން ވަގުތު ނޫހުގެ ނޫސްވެރިން ވަނީ އިޒްމިއާގެ އިސްތިއުފާވެސް ގޮވާލައްވާފައެވެ. ވަގުތު ނޫހުން މާފަށްއެދި ފޮނުވާފައިވާ ސިޓީއެއް ނޫސްވެރިން ތިބި ވަޓްސްއެޕް ގްރޫޕަކަށް އިޒްމިއާ ލީކް ކޮށްލާފައިވާއިރު އެސިޓީއަކީ ލީކް ނުކުރާނެކަމަށް ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މަންނާން ވިދާޅުވެފައިވާ ސިޓީއެކެވެ.

އިޒްމިއާ ފުލުހުންގެ ތަރުޖަމާންގެ މަގާމަށް އައްޔަން ކުރެއްވި 2019 ވަނަ އަހަރުގެ ޖަނަވަރީ 01 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ