"މެމްބަރު ޝިޔާމް ގައިގައި ތަޅާލަން ރައީސް ނަޝީދު އެންގެވި"

ޤާނޫނު އަސާސީއަށް އިސްލާހުގެ ގެނައުމަށް ރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި، ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް އަށް ހަމަލާދިނުމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެންގެވި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަން އިން މިހެން ވިދާޅުވެފައިވަނީ، ރޭ އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައެވެ.

ރޭގެ ކުރިއަށްދިޔަ ޖަލްސާގައި ހަމަނުޖެހުން ހިނގައި ބައެއް މެމްބަރުންނަށް އަނިޔާވެފައިވާ ދަނޑިވަޅެއްގައި ޕްރޮގްރެސިވް ކޯލިޝަން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރޭ މަޖިލީހުގެ ޖަލްސާ ކުރިޔަށްގެންގޮސްފައި ވަނީ ޤަވާއިދުތަކާއި ޚިލާފަށް ކަމަށާއި، އަދި މި ޖަލްސާގައި ހަމަނުޖެހުން ހިންގައި، މެމްބަރު ޝިޔާމަށް އަނިޔާކުރުމަށް އެންގެވީ ރައީސް ނަޝީދު ކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށް މަޖިލީހުގައި ތިބި އެމްޑީޕީ މެމްބަރުންނާއި، ސަރޖަންޓް އޮފް އާރމްސް ގުޅިގެން މި ކޯލިޝަނަށް ނިސްބަތްވާ، ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު، ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމްގެ ހަށިކޮޅަށް އަތްލާ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާތީ، އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މި މައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގޮވާލަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމް އިން ބުނެފައިވަނީ، މެމްބަރު ޝިޔާމް މަޖިލީހުން ނެރުމަށާއި، އެމަނިކުފާނުގެ ގައިގައި ތަޅާލުމަށް ރައީސް ނަޝީދު ވިދާޅުވި އެއްސެވިކަމަށް އެތަނުގައި ތިއްބެވި މެމްބަރުންވެސް ހެކިވާ ކަމަށެވެ.

މީގެ އިތުރުން މެމްބަރު ޝިޔާމްގެ ނަން އިވައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފުގެ ހަށިކޮޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ފައިން ޖަހާ މަންޒަރު ފެން ވީޑިއޯ އެއްވެސް ދަނީ ދައުރުވަމުންނެވެ.

ވީޑިއޯ އިން ފެންނަގޮތުގައި އީވާ މެމްބަރު ހުސެން އަށް ހަމަލާ ދީފައިވަނީ، އެމްޑީޕީގެ މެމްބަރުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ގަދަކަމުން މަޖިލީސް ތަޅުމުން ނެރެން އުޅުމުން އެކަމަށް ހުރަސް އަޅުއްވަން އުޅުއްވަނިކޮށެވެ. އަދި އީވާ މެމްބަރު ހުސެން ގެ ހަށިކޮޅުގައި ޖަހާފައި ވަނީ ފުރަގަހުންނެވެ. އީވާ އެހެން ޖެހި ނަމަވެސް ހުސެއިން އެއްވެސް ކަމެއް ނުކުރައްވާކަން ވީޑިއޯ އިން ފެނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ދޮންބެއްޔާ

    ހިހި.. ކަލޯ ނޫޟާނުއަސް އަޑު ނީވުނީތަ ނުވަތަ އަޑު އަހަން ބޭނުން ނުވީތަ؟ ނޫނީ އޮޅުވާލަން ކުރާ ކަމެއްތަ؟ ވީޑީއޯ އާއި އޯޑިއޯއިން ފެންނަން އެހުރީ އީވާ ދުރުަގއި ހުއްޓާ ޝިޔާމު ދުވަފެިގޮސް އޭނާގައިގައި ޖެހިގަތް ތަން… އަދި ފަރެސްމާތޮޑާ ޙުސޭ ވެސް ޝިޔާމާ އެއްކަން އިވާގައިގައި ޖެހިގަތްތަނަށް ދިޔަ ކަން! އިވާ އަމިއްލ؛ަ ދިފާއުގައި ކުރި ކަމަކުން ހުސޭންގައިގަިއ ފައިން ޖެހުނުކަން ހުސޭންއަށް އެނގުނަސް ހުސޭން އެކަން މައްސަކައަކަސް ވެގެން ނޫލޭ އިރު ކަލޯމެން ބައިގަންދުން އެކަން ބޮޑުކޮށް ލައިގެން ތިއުޅެނީ…

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ