ސިނަމާލެ ބްރިޖް: ފޮޓޯ- ޕީ.އެސް.އެމް

ބްރިޖް މަތިން މީހަކު ކަނޑަށް ފުންމާލައިފި

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖްމަތިން މީހަކު ކަނޑަށް ފުންމާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބްރިޖް މަތިން ކަނޑަށް ފުންމާލާފައި ވަނީ ބިދޭސީއެކެވެ. އަދި މި މީހާ ބްރިޖް މަތިން ކަނޑަށް ފުންމާލާފައި ވަނީ ބްރިޖްގެ މެދެެއްހާ ހިސާބުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބްރިޖު މަތިން މީހަކު ފުންމާލި ކަމުގެ ރިޕޯޓްކޮށްފައިވާ މިއަދު 15:46 ހާއިރު ކަމަށެވެ. އަދި އެމީހާ، ފުލުހުންގެ ލޯންޗެއްގައި ނަގައިގެން މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، އެ މީހާއަކީ އިންޑިއާއަށް ނިސްބަތްވާ 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ