އުފާވެރި ހަބަރެއް، ހުވަދޫ މަސްވެރިންނަށް ޖިއޯވޭވް އިން ހެޔޮ އަގުގައި ޑީސަލް ވިއްކަނީ!

ޖިއޯވޭވް ޕްރައިވެޓް ލިމިޓެޑް އިން ހުވަދޫގެ މަސްވެރިންނަށް ހެޔޮއަގުގައި ޑީސަލް ވިއްކުމަށް ނިންމައިފިއެވެ.
ޖިއޯވޭވް ޕްރައިވެޓް ލިމިޓެޑް އިން މިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މަސްވެރިން ތަހައްމަލު ކުރަމުންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ގދ.ވާދޫ ގައި ހުންނަ އެކުންފުނީގެ ޝެޑުން ހުވަދޫ މަސްވެރިންނަށް 8.00ރ އަށް ޑީސަލް ލިޓަރެއް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި އެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިތިމަތިވާ ލޮޅުންތައް ކުޑަކޮށް، މި ދާއިރާ ހުއްޓުމަކަށް އަޔަނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން، ޑީސަލް އަދި ޕެޓްރޯލްގެ ވިޔަފާރީގެ އިތުރުން ހެވީ މެޝިނަރީޒް ކުއްޔަށް ދިނުމުގެ ވިޔަފާރީގައި ކުރިއަރަމުން އަންނަ ޖިއޯވޭވް ޕްރައިވެޓް ލިމިޓެޑުން މިވަނީ ނަމޫނާ ދައްކައި ހުވަދޫގެ މަސްވެރިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީފައެވެ.

 

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ