އުތުރުގެ ރަށެއްގައި ޤުރުއާން ކްލާހެއް ހިންގާ މީހަކު އެނާގެ ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކޮށްފި

އުތުރުގެ ރަށެއްގައި ޤުރުއާން ކްލާހެއް ހިންގާ މީހަކު އެނާގެ ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މީހާއަކީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އަދި މިމީހާ ޖިންސީ ގޯނާ ކޮށްފައިވަނީ 18 އަހަރު ނުފުރޭ ފިރިހެން ކުދިން ތަކަކަށް ކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށައަޅާފައިވަނީ ޖޫން 6 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މިހާރު މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކަކީ ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއްކަމުން، ކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން އެކުދިންގެ އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
123
ގުޅުންހުރި ލިޔުންތައް

2 Responses

  1. ހައްގުބަސް

    އޭނާގެ ނަން ޖަހާލާ

  2. Edam

    Mee vaki baehge habaru thah liyaa nooheh.. Ehves habarehga kameh olhun filaa varah thafseeleh nuhunnaane.. Hurihaa habareh a ves hunnaanee ekolhah jehi husvefa..

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ