ހދ. ފިނޭއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނާއި ހަވާލާދީ އޮންލައިން ނޫސް "ތިލަދުން" ގައި ބުނެފައިވަނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 24 އަހަރުގެ 2 މީހުންކަމަށެވެ. އަދި މިހުރިހާ މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ތިލަދުން ނޫޙުގައި ބުނެފައިވާގޮތުން މިއޮޕަރޭޝަން ހިންގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
"އިއްޔެ އިރު އޮއްސުނު ވަގުތު ކުޅުދުއްފުށި ސިޓީއިން ފިނޭއަށް ދިޔަ މުދާ އުފުލާ ފެރީއަކުން ފިނޭއަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ސެލޯފިން ކޮތަޅު ޕާނަކަށްލައި ފޮރުފައިގެން ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ." ތިލަދުންގައި ބުނެފައިވެއެވެ.




