ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާތަކެއް ނައްތާލައިފި

ތަފާތު އެކި މައްސަލަތަކާ ގުޅިގެން އއ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ، 2020 ޖޫން 11 ދުވަހު އއ. ހިމަންދޫ ޕޮލިސް ސްޓޭޝަންގައި ނައްތާލާފައިވަނީ 2017 ވަނަ އަހަރު އއ. ރަސްދޫ  ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން ފުޅި ބަނގުރަލާއި މި އަހަރު އއ. ހިމަންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 18 ލީޓަރުގެ ހަތް ހަން ބަނގު އާވިކަމަށެވެ.

ބަނގުރާ ނައްތާލުން އއ. ހިމަންދޫ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ