ކުޅުދުއްފުށިން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތް ހަދަނީ

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ކޮވިޑް-19 އާއި ގުޅިގެން ރައީސް ސޯލިހު އުކުލަވާލި ޓާސްކް ފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ ދިހަ ވަރަކަށް ދުވަސް ފަހުން އައްޑޫ އަދި ކުޅުދުއްފުށީގައިވެސް ޕީސީއާރް މެޝިން ބެހެއްޓުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އޭގެ ފަހުން އައްޑު އަދި ކުޅުދުއްފުށިން ކޮންމެ ދުވަހަކުވެސް 100 އާއި 150 އާއި ދެމެދުގެ ސާމްޕަލް ނަގައި ޓެސްޓު ކުރެވޭނެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި މެޝިންތަކަށް ލެބް ޓެކްނީޝަނުންވެސް މިހާރު މާލެއިން ތަމްރީނުތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެފަރާތްތަކުން ތިބީ ކަރަންޓީން ގައި ކަމަށާއި މެޝިންތައް ބަހައްޓައި ނިމެންވާއިރަށް އެފަރާތްތަކުން ހިދުމަށް ދިނުމަށް ގެންދެވޭ ވަރު ވާނެކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާރު އައްޑޫގައި ބައޯ ފަޔަރ މެޝިންއެއް މެދުވެރިކޮށް ކޮވިޑް-19 އަށް ޓެސްޓު ކުރަން ފެށިފައިވާކަމަށާއި މި މި މެޝިން މެދުވެރިކޮށް ދުވާލަކަށް ޓެސްޓު ކުރެވޭނީ 24 ސާމްޕަލް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ