ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް މަގުމަތިން ދިމާކުރި މައްސަލާގައި ދޮގުވާހަކަތަކެއް ފަތުރާފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)، މަޖިލީހަށް ހުށައެޅި މި ކުއްލި މައްސަލަ މިހަރު ވަނީ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަންފަށާފައެވެ.
ޑރ. ވަހީދު އިއްޔެ ފަތިހު ކަސްރަތަށް ނިކުމެ އުޅެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް އެމަނިކުފާނަށް ހަމަލާދިންކަމަށް ވިދާޅުވެ އިއްޔެ ވަނީ އެ މައްސަލަ ފުލުހުނަށް ވެސް ހުށައަޅާފައެވެ. ނަމަވެސް އެމްޑީޕީ އިން ވަނީ ޑރ. ވަހީދުގެ ވާހަކަ ފުޅަކީ ދޮގު ވާހަކަ ފުޅެއްކަމަށް ވިދާޅުވެ އެކަން ކުއްވެރި ކުރައްވާފައެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ފަރާތްތަކަކުން ދަނީ ޑރ. ވަހީދުއާއި ދެކޮޅަށް ވާހަކަ ފުޅު ދައްކަވަމުންނެވެ.
އެގޮތުން މެންބަރު އިލްޔާސް ލަބީބު ވިދާޅުވެފައިވަނީ ދިވެހިރައްޔިތުން އިންތިޚާބު ކުރި ފުރަތަމަ ޑިކޮކްރެޓިކް ވެރިކަން ބަގާވާތަކުން ވައްޓާލައި ވެރިކަން ޖަހައިގަނެ އެތައް ރައްޔިތުންނަކަސް އަނިޔާކޮށް ޖަލަށްލީ މީހަކަށް އަބަދުވެސް ދިވެހިން "ބާގީ" އޭ ގޮވާނެކަމަށް ވިދާޅުވެފައެވެ.



