ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު - ފޮޓޯ: ރައީސް އޮފީސް

ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް، އެކެއްގެ މަޤާމުދަށްކޮށްފި

އާއްމުންގެ މީހަކަށް އަނިޔާކުރި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް، އެކެއްގެ މަޤާމުދަށްކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހަތަރު ފުލުހުންނާއި މެދު ފިޔަވަޅު އަޅާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ފަސްވަނަ ދުވަހު ޢާއްމުންގެ މީހަކާއިމެދު މާރާމާރީ ހިންގި މައްސަލައެއްގައި ކަމަށެވެ. ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެމައްސަލަ ބެލުމަށްފަހު 3 ފުލުހުން ވަޒީފާއިން ވަކިކޮށް އެއްފުލުހެއްގެ މަޤާމު ދަށްކޮށްފައވިވާކަމަށް ސީޕީ ވިދާޅުވެފައެވެ. ސީޕީގެ ޓުވީޓުގައި ވަނީ މިއީ ފުލުހުންގެ މުއައްސަސާ އިސްލާޙުކުރުމަށް ކުރަމުންދާ މަސައްކަތްތުގެ ތެރެއިން ބައެއްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ އިސްލާޙުކުރުމަކީ ކުރެވޭނެކަމެއްކަމަށް ޤަބޫލުކުރައްވާކަމަށާއި އެއިދާރާ އިސްލާޙުކުރެވުމަށް ޚިޔާރުކުރަން ޖެހެނީ ތަހުޒީބުކަމާއި ރީތި އަޚުލާގު ގެތެރެއިންކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި ދަށްކޮށްލުމާއި މަލާމާތްކުރުމަކީ ބޭކާރު ބޭނުން ނެތްކަމެއްގެ ގޮތުގައި ސީޕީ ޙަމީދު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ތައުލީމީ ފެންވަރު ފާހަގަ ކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ 34 އިންސައްތަ މީހުންނަކީ އޭލެވަލްއަށް ވުރެ މަތީ ފާހެއް އޮތް މީހުން ކަމަށެވެ. އަދި 220 ފުލުހުންނަކީ ޕޯސްޓް ގްރެޖްއޭޓް ފުލުހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ދުނިޔެ ގަބޫލުކުރާ ހަޤީޤަތަކީ ފުލުހުންނަށް ފުލުހުންގެ ޒިންމާތައް އެންމެ ރަނގަޅަށް ދަސް ވާނީ އެމީހުންގެ ވަޒީފާ އިން ލިބޭ ތަޖުރިބާއިން ކަން. ތައުލީމީ ގޮތުން ލިބޭ ކުރިއެރުމަކީ ފުލުހުންގެ މަސައްކަތައް ދެވަނަ އަށް މުހިއްމު ކަންތައް." ކޮމިޝަނަރ ހަމީދު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގެ ތެރެއިން އެމުއައްސަސާ އިސްލާޙުކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި ސީޕީ ވިދާޅުވަމުންގެންދަވާއިރު ރައްޔިތުންގެ މަޖްލީހުގައި އޮތް ފުލުހުންގެ ބިލަށް ބަހުސް ކުރެއްވުމުގައި ބައެއް މެމްބަރުން ވަނީ ފުލުހުންނަށާއި ފުލުހުންގެ އިދާރައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
4431
ގުޅުންހުރި ލިޔުންތައް

3 Responses

  1. އިސްމާއިލް

    އެ ތިންމީހުން ކަނޑާލީމަ، އަންދަރޭ އަށް އިންސާފު ލިބުނީ ތަ? އަނެއްކާ ވެސް ކައިރޭ އޮތީ ގޮޅިއަށް ކާފަ ދޯ

  2. އިސްލާހު

    ފުރަތަމަ އިސްލާހު ކުރަންވީ ސީޕީ ހަމީދު‘ މަޖިލީހުގެ ރައީސް‘ އެމްޑީ ޕީ މަޖިލިސް މެމްބަރުން‘ ޤައުމުގެ ރައީސް‘ މިބައިގަނޑު އިސްލާހު ނުވާހާ ހިނދަކު ޤައުމުގެ އެހެން އެއްވެސް ކަމެއް އަދި އެއްވެސް މީހަކުވެސް އިސްލާހު ކުރާވާހަކަ ދައްކަށް ކަލޭމެން ލަދުގަންނަން ޖެހޭނެ….ތިމާމެން ލެއްވިހާ ނުބައިކަމެއް ކުރަމުން ދުވާއިރު އިސްލާހުގެ ނަމުގަ އެހެން މީހުން ވަޒީފާ ތަކުން ކަނޑާ ބޭރުކޮށް ލަނީ ތިމާމެން ސިޔާސީވެ އެވިސްނުމާ ދެކޮޅު މީހުން ވީމަ…މިހާރު ޤައުމުގެ މަތިފަޑީގަ ތިބީ ވަރަށް ހަޔާތްކުޑަ ލަދު ކުޑަ ޤައުމަށް ހަރާމް ކޯރުވެ ޤައުމު ފަނާކޮށް ނެތިކޮށްލާނެ ބައެއް….މި ޤައުމަކީ ތިމާމެން ހިތުހުރި ގޮތެއް ހަދަން އޮތް މުދާ ގަނޑެއް ކަމަށް ތިމާމެންނަށް ހީވާ ކަހަލަ….ހާދަ ނުބައިބައެކޭ ޤައުމުގެ ކަންކަމާ ހަވާޅްވެ މިތިބީ….ދިވެހި ޤައުމާ ދިވެހި ރައްޔިތުން މާލަސްތަކެއް ނުބެ ކަރުނަ އަޅާ ރޯތަން ފެންނާނެ….ހުރި ހިތާމަ އެއްގެ ބޮޑުކަމާއެވެ….

    6
    2
  3. ޢަހާމަދު

    ޢަންދަރޭ ޢިނގިލި ބިންދާލި ފުލުހުން

    2
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ