މައްސަލަ ހައްލުކޮށް މާލެއަށް އަލުން ކަރަންޓް ދީފި

މާލޭގެ ބޮޑު ސަރަހައްދަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުކޮށް އެ ސަރަހައްދުތަކަށް އަލުން ކަރަންޓްދީފިއެވެ.

މާލެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓެލްކޯއިން ވިދާޅުވެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް 12:23 ގައި ކަރަންޓް ކެނޑުނު ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފައިވާކަމަށެވެ. ސްޓެލްކޯއިން ވަނީ މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ކަރަންޓު ކެނޑިގެން ދިމާވި އެންމެހާ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވަނީ މީގެ ދެ ގަޑިއިރެއްހާއިރު ކުރިންނެވެ.

ކަރަންޓްގެ މައްސަލައަކީ މާލެ އަށާއި އަތޮޅު ތެރޭގެ ގިނަ ރައްރަަށަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުންވެސް ވަނީ މާލޭގެ ކަރަންޓްގެ ޕީކް ލޯޑް ކޭޓަރ ކުރުމަށް ގާށިގައި އިތުރު 4 ޖަނަރޭޓަރ ބަހައްޓާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ