އިސްދޫގައި ފުލުހުން ދުއްވާފައި ދިޔަ ވެހިކަލް ފުރޮޅާލާފައި: ވަގުތު އިމޭޖަސް / މުހައްމަދު މާދިހު

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލައިފި

ލ. އިސްދޫގައި ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލައިފިއެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ހަލީލް އާއޮ ހަވާލާދީ "ވަގުތު" ނޫހުގައި ރިޕޯޓްކޮއްފައިވަނީ އެ ވެހިކަލް ފުރޮޅާލިއިރު ވެހިކަލުގައި ތިބީ ދެ ފުލުހުން ކަމަށާއި އަދި އެ ވެހިކަލް ފުރޮޅާލި ކަމަށް މައުލޫމާތު ލިބެނީ ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުން ކަމަށެވެ.

ލ. އިސްދޫގައި ދުއްވާ ފުލުހުންގެ ވެހިކަލެއް ކޮންޓުރޯލް ނުކުރެވި, ރުކެއްގައި ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފި. މި...

Posted by ‎އިބްރާހިމް ސިހާމް‎ on Thursday, June 18, 2020

އެ ވެހިކަލް ފުރޮޅާލައިގެން 300 އެއްހާ ފޫޓު ދުރަށް ކަހާލައިގެން ގޮސްފައިވާ ކަމަށާއި އެވަގުތު ވެހިކަލްގައި ތިބި ދެ ފުލުހުންވެސް މިހާރު ތިބީ ސިއްހީ މަރުކަޒުގައި ކަމަށާއި ދެ ފުލުހުންގެ ހާލަތުވެސް ރަނގަޅު ކަމަށް ހަލީލް "ވަގުތު"އަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ