ފުލުސް ލޯގޯ - ފޮޓޯ: ފުލުސް

ބައިސްކަލެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ބައިސްކަލަކީ 2020 އޭޕްރީލް 10 ވަނަ ދުވަހުގެ ވަގުތެއްގައި ގުލްފާމްހިނގުމުގައި ޕާކްކޮށްފައި ހުއްޓާ ވަގަށް ނަގައިގެން ދަނިކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލެއްކަމަށެވެ.

“ލޮޓަސް ބްރޭންޑް” ގެ މި ބައިސްކަލްގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ޙާޟިރުވެ ބައިސްކަލާ ހަވާލުވެލެއްވުން ފުލުހުން އެދިފައިވެއެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ