އެއްޖިންސުން ގުޅުން ހިންގައިގެން، އެކަމުގައި ތުހުމަތުކުރެވޭ މީހާ ހައްޔަރު ނުކޮށްގެން މަކުނުދޫގައި މުޒާހަރާކުރަން ފަށައިފިއެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރުން ފެށިގެން އަދިވެސް ދަނީ އެރަށުގައި މުޒާހަރާ ކުރަމުންނެވެ.
މަކުނުދޫ މީހަކު މިނޫހަށް މައުލޫމާތު ދިންގޮތުގައި އެއްޖިންސުން ގުޅުހުން ހިނގުމުގައި އުޅެނީ އެރަށު މެދުއުމުރުގެ ފިރިހެނެކެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވަނީ ކޯޓް އަމުރު ނުލިބިގެން ކަމަށާއި، އަދި ހެކި ނެތިގެންކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މަކުނުދޫގެ މިމީހާއަކީ އެއްޖިންސުން ގުޅުން ހިންގުމުގައި ނަން މަޝްހޫރު މީހެއް ކަމަށާއި، މި ހަޑިމުޑުދާރު އަމަލު މަކުނުދޫގައި ފެތުރުމަށްޓަކައި މިމީހާ ގިނަގުނަ މަސައްކަތްތެކެއް ދަނީ ކުރަމުން ކަމުގައިވެސް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
މިގޮތުން މީގެ އަހަރުތަކެއް ކުރިން މަކުނުދޫގައި ޅަދަރީންތަކެއް ވަނީ މި ނުބައި އަވައިގައި ޖައްސާފައި ކަމަށާއި، ރަށްރަށުން ގްރޫޕްތަށް ގެނެސްގެން މިނުބައި އަމަލުތައް މިހާރުވެސްދަނީ ހިންގަމުން ކަމަށްވެސް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ. އަދި އެމީހާ މިކަމުގައި މިރަށުގެ ޒުވާނުންވެސް ދަނީ ބައިވެރިވަމުން ކަމަށްވެސް މިނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.
މިކަމާއި ގުޅޭ ގޮތުން ފުލުހުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.




