މެކްސިކޯގެ ދެކުނަށް ރިކްޓާ މިންގަނޑުން 7.4ގެ ބާރުމިނުގައި އިއްޔެ އައި ބިންހެލުމުގައި ހަމީހުން މަރުވެ އެތައް ސަތޭކަ ގެޔެއް ހަލާކު ވެއްޖެއެވެ.
މެކްސިކޯ ގަޑިން އިއްޔެ 10:29 ގައި އެގައުމުގެ ދެކުނުން އޮޒާކާ ސްޓޭޓުގެ ސަންޓާ މާރިއާ ޒަޕޮޓޯލިއަން ސަރަހައްދަށް އައި މި ބިންހެލުމާއި ގުޅިގެން މެކްސިކޯ ހިމެނޭ ގޮތުން އިތުރު ތިން ގައުމަކަށް ސުނާމީގެ އިންޒާރުވެސް ދީފައި ވެއެވެ.
މި ބިންހެލުމާއި ގުޅިގެން މެކްސިކޯއަށް ލިބުނު ގެއްލުންތަކަށް ބަލާއިރު ހަމީހުން މަރުވެ އެތައް ސަތޭކަ ގެޔެއް ހަލާކުވެ އަދި ހަތަރު އާކިއުލޮޖިކްލް ސައިޓުވެސްވަނީ ހަލާކުވެގެން ގޮސްފައެވެ. މީގެއިތުރުން ބިންހެލުން އައިވަގުރު ބިންހެލުން އައި ސަރަހައްދުންވަނީ ކަރަންޓުގެ ހިދުމަތްވެސް ކެނޑިގެން ގޮސްފައެވެ.
އިއްޔެ މެކްސިކޯއަށް އައި ބިންހެލުމުގެ އަސަރު ކޮންމެސް މިންވަރަކަށް ހޮންޑިއުރަސް، ގުއަންޓަމާލާ، އަދި އެލް ސަލްވަޑޯ އަށްވެސް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.




